ކުޅުދުއްފުށީގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ކުޅުދުއްފުށީ ސިޓީގައި ތޫހު އެއްޗަކުން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:25 ހާއިރު އެވެ. ހަމަލާދީފައިވަނީ ރަށު ފިހާރައެއްގެ ތެރޭގައި އެވެ. ފުލުހުން ބު...

04 Nov 2020 | 08:57

ކުޅުދުއްފުށީ ސިޓީގައި ތޫހު އެއްޗަކުން މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:25 ހާއިރު އެވެ. ހަމަލާދީފައިވަނީ ރަށު ފިހާރައެއްގެ ތެރޭގައި އެވެ.

ފުލުހުން ބުނީ ހަމަލާގައި ޒަހަމަވެފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް ނޫންކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެ މީހާއަށް ހަމަލާދިންކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް