ފެނާއި ނަރުދަމާގެ ގާނޫނުުގެ ދަށުން ތައްޔާރުކުރަން ޖެހޭ ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވީ އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ. މިއީ ފަސް އަހަރުގެ މުއްދަތަށް ތައްޔާރުކޮށްފައިވާ ޕްލޭން އެކެވެ.
އެ ސްޓްރެޓީޖިކް ޕްލޭންގެ ތައްޔާރުކުރުމުގެ ބޭނުމަކީ ފެނާއި ނަރުދަމާގެ ސިޔާސަތު އެއްގޮތްވާގޮތުގެ މަތިން އެ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި އަދި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމެވެ.
ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ހަ ސިޔާސަތު މައިގަނޑު ގޮތެއްގައި ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް އެންމަށް ކަށަވަރުކޮށްދިނުމާއި، ތިމާވެއްޓާ ރައްޓެހި، އަދި ހަރަދުކުޑަ ފެނާއި ނަރުދަމާގެ ނިޒާމެއް ތަރައްގީ ކުރަންށެވެ. މީގެ އިތުރުން އެ ދެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ އިތުރުން މީހުން އެ ދެ ދާއިރާއަށް ހޭލުންތެރި ކުރުވުމެވެ. އަދި ފެނުގެ ވަސީލަތްތަށް ރައްކާތެރިިކޮށް ހިމާޔަތް ކުރުމާއި ފެންބޮނޑިުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖްތަމައެއް ބިނާކުރުމަކީ ވެސް އެ ސްޓްރެޓީޖިކް ޕްލޭންގެ ސިޔާސަތެވެ.
ފެނާއި ނަރުދަމާގެ ސްޓްރެޓީޖިކް ޕްލޭންއަކީ ދާއިރާގެ ލަނޑުދަނޑިތަށް ހާސިލްކޮށް ދެމެހެއްޓެނެވި ގޮތެއްގައި ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި މަސައްކަތް ކުރައްވާ ހުރިހާ މީހުނަށް ބޭނުން ހިފިދާނެ ގޮތަކަށް ވިސްނައިގެން ތައްޔާރުކުރި ސްޓްރެޓީޖިކް އެވެ. ސްޓްރެޓީޖިކް ޕްލޭންގައިވާ ކަންތައް ތަންފީޒު ކުރާނީ ކަމާގުޅުން ހުރި ވުޒާރާތަކުންނާއި ކުންފުނިތަކާ ގުޅިގެން އެންވަޔަރުމެންޓް މިިނިސްޓްރީއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް