އައިޖީއެމްއެޗަށް އަނެއްކާވެސް ނަރުހުން ހޯދަނީ

ސަރުކާޜުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ނަރުހުން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ. އެ ހޮސްޕިޓަލުން މިފަހަރު ހޯދަން އިއުލާނު ކޮށްފައިވަނީ 23 ނަރުހުންނެވެ. އޭގެ ތެރޭގައި ހިމެނެން ޖެހެނީ ރެޖިސ...

04 Nov 2020 | 08:15

ސަރުކާޜުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ނަރުހުން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

އެ ހޮސްޕިޓަލުން މިފަހަރު ހޯދަން އިއުލާނު ކޮށްފައިވަނީ 23 ނަރުހުންނެވެ. އޭގެ ތެރޭގައި ހިމެނެން ޖެހެނީ ރެޖިސްޓާޑް ނަރުހުންނާއި، ސީނިއާ ރެޖިސްޓާޑް ނަރުހުންނާއި ކްލިނިކަލް ނަރުހުންނެވެ.

ރެޖިސްޓާޑް ނަރުހުންނަށް މުސާރައިގެ ގޮތުގައި 9،060-9،360 ރުފިޔާ އާއި ދެމެދުގެ އަދަދެއް ލިބޭނެ އެވެ. ސީނިއާ ރެޖިސްޓާޑް ނަރުހުންނަށް 9،670-10،160 ރުފިޔާ އާއި ދެމެދުގެ މުސާރައެއް ލިބެ އެވެ. އަދި ކްލިނިކަލް ނަރުހުންނަށް 10،410-10،940 އާ ދެމެދުގެ މުސާރަ އެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މުސާރައިގެ އިތުރަށް 188 ރުފިޔާ ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ އެވެ. އަދި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސްގެ ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިންނެވެ. މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރާ ފަރާތްތަކާއި އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އާއި އަންނަ މަހުގެ ތިނަ ކަމާއި ދެމެދު އެވެ.

އެންމެ ފަހުން އައިޖީއެމްއެޗުން ނަރުހުން ހޯދަން އިއުލާނު ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ފަހަރު 39 ނަރުހުން ހޯދަން އިއުލާނު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް