ހއ. ހޯރަފުށީގައި ތަރައްޣީ ކުރަމުންދާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ 84 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން އަޅާ އެއާޕޯޓު ރަންވޭގެ 99 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. ޓާމިނަލް އިމާރާތް އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔާ ސްޓޭޝަން އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ ކުންފުނީގެ އަމާޒަކީ މި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމުން ކަމަށް އެމްޓީސީސީން ބުނެ އެވެ. މި މަސައްކަތް ކުރިޔަށްދާ ގޮތް ބެލުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އެ ރަށަށް ވަޑައިގެންފައި އެވެ.
ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.
އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް