އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނަން ފަށައިފި އެވެ.
ވޯޓު ގުނަން ފެށީ އެމެރިކާގެ އެންމެ އާބާދީ މަދު ނިއު ހެމްޕްޝަޔާ ސްޓޭޓުގެ ޑިކްސްވިލް ނޮޗް ކިޔާ އަވަށުގައި އެވެ. އެ އަވަށުގައި ވޯޓުލާ މީހުންގެ އާބާދީއަކީ12 އެވެ.
އިންތިހާބުގައި ވާދަކުރައްވަނީ ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން އާއި މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެނޑިޑޭޓް ޑޯނަލްޑް ޓްރަމްޕެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ބައިޑެން އާއި ރައީސް ޓްރަމްޕް އާއި ދެމެދުގެ ފަރަގު ކުޑައެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ބައިޑަން ވަނީ 223 އިލެކްޓޯރަލް ކޮލެޖް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 213 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަކީ ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އިންތިޒާރު ކުރަމުންދާ ނަތީޖާ އެކެވެ.
އިންތިހާބު ކާމިޔާބު ކުރުމަށް އެމެރިކާގެ އާބާދީ ބޮޑު ބައެއް ސްޓޭޓްތަކުގެ ނަތީޖާއަށް ބުރަވާނެ އެވެ. އެ ސްޓޭޓްތަކުގެ ތެރޭޣައި އެރިޒޯނާ، ޕެންސިލްވޭނިއާ، ފްލޮރިޑާ، ޖޯޖިއާ، މިޝިގަން، މިނެސޯޓާ، ނޯތު ކެރޮލައިނާ، ޓެކްސަސް ފަދަ ސްޓޭޓް ތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް