މިލަދޫ ބަނދަރު ފުންކުރުމުގެ 50 ޕަސެންޓު މަސައްކަތް ނިންމައިފި

ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ34 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކ...

04 Nov 2020 | 05:52

ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ34 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ބަނދަރު ފުން ކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަސައްކަތުގެ57 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން މިލަދޫ ބަނދަރުގެ 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެ އެވެ. 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

އަދި 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. މީގެ އިތުރުން 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 42.18 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު25 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް