ދަޅުގައި ބަންދު ކޮށްފައި ހުންނަ ޓޮމާޓޯޕޭސްޓް ބޭނުން ކުރުމުން ހިތުގެ ބަލިތަކާއި ހަކުރު ބަލިޖެހުމަށް މަގުފަހިވޭ!

ދަޅުގައި ބަންދު ކޮށްފައި ހުންނަ އެކި ބްރޭންޑު ތަކުގެ ޓޮމާޓޯ ޕޭސްޓަކީ ދިވެހިން ޒަމާނުއްސުރެ ތަފާތު އެކި ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރަމުން އަންނަ ބާވަތެކެވެ. ތެދުތެދަށް ބުނާނަމަ ދިވ...

04 Nov 2020 | 05:01

ދަޅުގައި ބަންދު ކޮށްފައި ހުންނަ އެކި ބްރޭންޑު ތަކުގެ ޓޮމާޓޯ ޕޭސްޓަކީ ދިވެހިން ޒަމާނުއްސުރެ ތަފާތު އެކި ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމަށް ބޭނުން ކުރަމުން އަންނަ ބާވަތެކެވެ.

ތެދުތެދަށް ބުނާނަމަ ދިވެހިން ތައްޔާރުކުރާ ކާނާގެ ގިނަ ބާވަތްތަކަކީ ޓޮމާޓޯ ޕޭސްޓް އޭގައި ހިމަނައިގެން ތައްޔާރުކުރާ ބާވަތްތަކެވެ. ކާތަކެތީގެ ރަހަ މީރުކޮށްލުމަށެވެ. ތެދެކެވެ. ޓޮމާޓޯ ޕޭސްޓަކީ ކާތަކެތީގެ ރަހަގަނޑު މީރުކޮށްލުމަށް އެވަރެއް ނެތް އެއްޗެކެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. ރަހަ މީހު ކޮންމެ އެއްޗަކީ ހަށިގަނޑަށް ފައިދާ ކުރާނެ އެއްޗެއް ނޫނެވެ.

އެގޮތުން ދިވެހިން އާންމުކޮށް ކާތަކެތީގެ ރަހަ މީހުކޮށްލުމަށް ބޭނުންކުރާ ދަޅުގައި ބަންދުކޮށްފައި ހުންނަ ޓޮމާޓޯ ޕޭސްޓް އަކީ ހިއްޚަތަށް ފައިދާ ހުންނަ އެއްޗަކަށް ނުވެއެވެ.

ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ ދަޅުގައި ބަންދުކޮށްފައިވާ ޓޮމާޓޯ ޕޭސްޓުގައި ހަކުރު ގިނަ އަދަދަކަށް ފޮރުވިފައި ހުރެއެވެ. އެކަމުގެ ސަބަބުން މި ބާވަތް ބޭނުންކުރާ މީހުން ފަލަވެ ހަކުރު ބައްލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ދަޅުގައި ބަންދު ކޮށްފައި ހުންނަ ޓޮމާޓޯ ޕޭސްޓަކީ އެއްގޮތަކަށްވެސް ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫނެވެ. އޭގައި ފޮރުވިފައިވާ ހަކުރުގެ ސަބަބުން ފަލަވުމާއި ހަކުރުބައްޔަށް މަގުފަހި ވުމުގެ އިތުރުން ހިތުގެބަލި ޖެހުމާއި ދަތްފަނި ކެއުން ފަދަ މައްސަލަތައް ކުރިމަތި ވެއެވެ. އެހެން ކަމުން ދަޅުގައި ބަންދުކޮށްފައިވާ ޓޮމާޓޯ ޕޭސްޓު ބޭނުންކުރުން ހުއްޓާލުމަށް ސިއްޚީ މާހިރުން ލަފާދެއެވެ.

ޓޮމާޓޯ ބޭނުންކުރާނަމަ އެންމެ ރަނގަޅު ގޮތަކީ މި ކަންކަމުން ދުރު ވެތިބުމަށް ތާޒާ ޓޮމާޓޯ ގަނެގެން ފުނޑާލައިގެން ތާޒާ ޕޭސްޓް ބޭނުންކޮށްލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް