ޗެމްޕިއަންސް ލީގް: ޖޮޓާގެ ހެޓްރިކާއި އެކު މޮޅުވެ ލިވަޕޫލް ގުރޫޕުގެ އެއްވަނައަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް ލިވަޕޫލް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ. ނިމިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު އިޓަލީގެ އެ...

04 Nov 2020 | 04:26

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް ލިވަޕޫލް އިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ނިމިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކުޅުނު އިޓަލީގެ އެޓަލާންޓާ އާއި ވާދަކޮށް ލިވަޕޫލް މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ.

މި ސީޒަނުގެ މިހާތަނަށް ޗެންޕިއަންސް ލީގުގައި ލިވަޕޫލް އިން އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ރޭގެ މެޗުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީވެސް ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ16 ވަނަ މިނެޓުގައި ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޑިއޭގޯ ޖޮޓާއެވެ. މެޗުފެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޮޓާ ދެވަނަ ލަނޑެއްވެސް ޖަހާ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިން އިރު، މެޗުގެ ފުރަަތަމަ ހާފުގެ ކުޅުން ނިމުނީ ލިވަޕޫލް ލީޑުގައި އޮވެއެވެ.

ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި މުޙައްމަދު ސަލާހު ކާމިޔާބު ކޮށްދިންއިރު، މި ގޯލާއެކު އޭނާ ވެފައިވަނީ ޗެންޕިއަންސް ލީގުގައި އެ ކްލަބުގެ ލެޖެންޑް ސްޓީވަން ޖެރާޑް ހަދާފައިވާ ގޯލު ޖެހުމުގެ ރެކޯޑާ އެއްވަރު ކުރި ފުރަތަމަ ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ޗެންޕިއަންސް ލީގުގައި މި ދެކުޅުންތެރިން ޖަހާފައިވާ ގޯލުގެ އަދަދަކީ 21 އެވެ.

ލިވަޕޫލްގެ ހަތަރުވަނަ ލަނޑު 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާނޭއެވެ. އަދި މެޗުގައި ލިވަޕޫލް ޖެހި ފަސްވަނަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށް ޖޮޓާވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ރޭގެ މި މޮޅާއި އެކު ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ގްރޫޕް ޑީގެ އެއްވަނައިގައެވެ. އަޔެކްސް އަދި އެޓަލަންޓާއަށް 4 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ދެވަނައިގަ އޮތީ އަޔެކްސްއެވެ.

މި ގުރޫޕުގައި ރޭ ކުޅުނު އިތުރު މެޗަކަށް ބަލާއިރު، ޗެންޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗް އެޓީމް ވަނީ އޮލިމްޕިއާކޯސްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް