ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ އިންޓަމިލާންއާއި ވާދަކޮށް ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ސްޕެއިންގައި ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑުނެގީ ރެއަލްމެޑްރިޑުންނެވެ. 25 މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ.
އަދި އޭގެ 8 މިނަޓްފަހުން ރާމޯސް ލަނޑުޖަހާ ރެއަލްމެޑްރިޑް ލީޑު ފުޅާކުރިއެވެ. ކޯނަރަކުން ބޮލުން ރާމޯސް ކާމިޔާބުކުރި މިލަނޑަކީ ރެއަލްމެޑްރިޑަށް އޭނާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.
ރާމޯސްގެ ލަނޑަށްފަހު އޭގެ ދެމިނަޓްފަހުން މާޓިނޭޒްވަނީ ލަނޑެއްޖަހައި އިންޓަރއަށް އިިތުރު ހިތްވަރެއް ދީފައެވެ. އަދި އިންޓަރއިން މެޗުގެ ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރީ 68 ވަނަ މިނަޓްގައި ޕެރިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ރޭގެ މެޗުން ރެއަލްމެޑްރިޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިިއެއްގެ ގޮތުގައި ކުޅެން ނުކުތް ރޮޑްރީގޯއެވެ. މެޗުގެ 80 ވަނަ މިނަޓްގައި ރޮޑްރީގޯ ކާމިޔާބުކޮށްދިން މިލަނޑަކީ ވިނިޝިއަސްގެ ޕާހަކުން އޭރިއާތެރެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ބާރު ސްޕީޑުގައި ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.
މިއާއެކު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކު ރެއާލް ގްރޫޕް ބީގެ 3 ވަނައަށް ޖެހިލައިފާއިވާއިރު އިންޓަ މިލާން އޮތީ ހަމަ އެދަދަށް މެޗް ކުޅެ 2 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. ގްރޫޕުގެ އެއްވަނައިގަ އޮތީ ބުރޫޝިއާ މޮންޗެންގްލާބެކް އޮތީ 5 ޕޮއިންޓާއެކީއެވެ. ވާދަވެރިކޮށް ފެންނަ މި ގުރޫޕުގެ ދެވަނައިގަ 4 ޕޮއިންޓް ހޯދައިގެން އޮތީ ޝަކްތާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް