ބިޑި ގޯންޏެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް

ކޮންސްޓްރަކްޝަން ބިޑި ގޯންޏެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހިކިހުވަދުމާގެ އަލީ ފިރުޝާނެވެ...

04 Oct 2026 | 18:00
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ކޮންސްޓްރަކްޝަން ބިޑި ގޯންޏެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހިކިހުވަދުމާގެ އަލީ ފިރުޝާނެވެ. ވައްކަމުގެ ކުށުގެ ތުހުމަތުގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑި ގޯންޏެއް ފިރުޝާނުގެ އަތުން ފެނިފައިވާ ކަމަށް އިންވެސްޓިގޭޓިން އޮފިސަރު ފާހަގަކޮށްފައިވެއެވެ. ނަމަވެސް ފިރުޝާން ބުނެފައިވަނީ އެ ތަކެއްޗަކީ ދެކެފަރިތަ ރައްޓެއްސެއްގެ އަތުން ގަނެފައިވާ ތަކެތި ކަމަށާއި އޭނާއަކީ ވަޒީފާގައި އުޅޭ ފަރާތެއް ކަމަށެވެ.

މި މައްސަލައިގައި ފިރުޝާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ވައްކަމުގެ ކުށުގެ ތުހުމަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް