މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މެލޭޝިއާގެ ޕެނަންގަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި މިއަދު ހަވީރު ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު މިރޭ ނިޔާވެއްޖެއެވެ. ވަގުތު ނޫހުން ރިޕޯޓުކޮށްފައި...

04 Oct 2026 | 16:22
N/A

N/A

މެލޭޝިއާގެ ޕެނަންގަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި މިއަދު ހަވީރު ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު މިރޭ ނިޔާވެއްޖެއެވެ.

ވަގުތު ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ނިޔާވީ އައްޑޫ ސިޓީއަށް ނިސްބަތްވާ އަމެލިއާ ނާޒިމެވެ. އޭނާ އަކީ މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި ކިޔަވަމުން އައި ދަރިވަރެކެވެ.

އެކްސިޑެންޓުގައި އަމެލިއާގެ ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވަގުތުން ރިޕޯޓުކޮށްފައިވެއެވެ. އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އެ ކާރުގައި އަމެލިއާގެ އިތުރުން ދިވެއްސަކު ދަތުރުކުރި ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށް ވަގުތުން ރިޕޯޓުކޮށްފައިވެއެވެ.

ނިޔާވި އަމެލިއާ ނާޒިމަށް މާތް ﷲ ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް