ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ބިންމައްވަށް ވެއްޓިފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ހުޅުމާލޭ މަގުމަތީގައި މަޑުކޮށްގެން އޮތް ޕިކަޕެއްގެ ދޮރު ހުޅުވާލި ވަގުތު ދޮރުގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓު ހިނގީ ފޭސް އެކެއްގެ ނިރޮޅުމަގު ހެޕީމާކެޓް ކައިރީގައި އެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު ހަވީރު 4:04 ހާއިރު އެވެ.
މި އެކްސިޑެންޓްގައި، ސައިކަލު ދުއްވި 27 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިފަދަ ހާދިސާއެއްގައި މި ފަހުން ވަނީ ކުޑަކުއްޖެއްގެ ފުރާނަ ގެއްލިފައި އެވެ. އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް