މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގަންނަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅަކީ އަރޫޝާގައި ކުރިޔަށްދާ އ...

04 Oct 2026 | 05:06
ޓެންޒޭނިއާއަށް ވަޑައިގެންނަވާ މަޖިލީހުގެ ޓީމު ވީއައިއޭގައި -- ފޮޓޯ: މަޖިލީސް

ޓެންޒޭނިއާއަށް ވަޑައިގެންނަވާ މަޖިލީހުގެ ޓީމު ވީއައިއޭގައި -- ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅަކީ އަރޫޝާގައި ކުރިޔަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި އެސެމްބްލީގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، މާފަންނު މެދު ދާއިރާގެ މެންބަރު  އަސްމާ ރަޝީދު ބައިވެރިވެވަޑައިގެންނަވަ އެވެ. އަދި ހުރާ ދާއިރާގެ މެންބަރު ޑޮކްޓަރ އަނާރާ ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ވަޑައިގެންނަވަ އެވެ.

މީގެ އިތުރުން އިދާރީ މުވައްޒަފުން ކަމަށްވާ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.

މި ބައްދަލުވުން ކުރިޔަށް ދަނީ މިމަހުގެ 5 އިން 9 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް