ރާއްޖެއިން އިތުރު 65 މީހުން ކޯވިށް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ 51 ދިވެހިންނާއި 14 ބިދޭސީންނެވެ. މީގެ ތެރެއިން 54 މީހުން ޕޮސިޓިވްވެފައިވަނީ މާލެއިންނެވެ. އަނެއް 11 މީހުންނަކީ އަތޮޅުތެރެއިން ޕޮސިޓިވްވި މީހުންނެވެ.
މިއަދު 1،583 ސާމްޕަލެއް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުން ދަނީ 1،125 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 67 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދު 54 މީހުން ރަނގަޅުވެފައިވެ އެވެ. އަދި މިހާތަނަށް 9،364 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،530 މީހުންނެވެ. އޭގެ ތެރެއިން 34 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް