އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ފަަސް މީހަކު ހައްޔަރު ކޮށްފި

އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ. މޯލްޑިވްސް ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ ހަތަރު މީހަކާއި ކެންޔާ ...

04 Oct 2020 | 17:23

އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ ޕާކިސްތާނުގެ ހަތަރު މީހަކާއި ކެންޔާ މީހެއް ކަމަށެވެ. މީގެ ތެރެއިން ޕާކިސްތާނުގެ ހަތަރު މީހުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާއިރު ކެންޔާ މީހާ ހައްޔަރު ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ހައްޔަރު ކުރި ޕާކިސްތާނު މީހުންގެ ތެރޭގައި ހިމެނެނީ 22 ،30 ،34 އަދި 40 އަހަރުގެ ފިރިހެނުންނެވެ. ހައްޔަރު ކުރި ކެންޔާގެ އަންހެން މީހާ އަކީ އުމުރުން 27 އަހަރުގެ މީހެކެވެ.

ކަސްޓަމްސްއިން ބުނީ ޕާކިސްތާނު މީހުން އައި ދުވަހު އެމީހުންގެ އަމަލުތައް ހުރި ގޮތުން ބަލައި ފާސްކުރުމަށް ފަހު ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އެންމެން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބެލުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަޅާފައި ހުރި 81 ބުލެޓު ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 790 ގްރާމް ހުރި އިރު މަގުމަތީ އަގު 6،32،800 ރުފިޔާއަށް އަރާނެ ކަމަށް ބުނެ އެވެ.

ކެންޔާ އަންހެން މީހާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 53 ބުލެޓު ފެނިފައިވެ އެވެ.

ކަސްޓަމްސްއިން ބުނީ އެ އޮޕަރޭޝަންތަކުގައި އަތުލައިތް މަސްތުވާތަކެއްޗާއި އެ ފަސް މީހުން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް