7 މަސްދުވަސްފަހުން އުމްރާގެ އަޅު ކަމަށް މައްކާ އަލުން ހުޅުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 7 މަސްދުވަސްފަހުން އުމްރާގެ އަޅު ކަމަށް މައްކާ އަލުން ހުޅުވާލައިފި އެވެ. ސައުދީ ސައުކާރުން، ދެ ހަރަމްފުޅު ހު...

04 Oct 2020 | 14:04

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 7 މަސްދުވަސްފަހުން އުމްރާގެ އަޅު ކަމަށް މައްކާ އަލުން ހުޅުވާލައިފި އެވެ.

ސައުދީ ސައުކާރުން، ދެ ހަރަމްފުޅު ހުޅުވާލާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ނެވެ.

ފުރަތަމަ މަރުހަލާގައި މައްކާގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީ ސަރުކާރުން ދީފައިވާ އިރު، ފުރަތަމަ މަރުހަލާގައި ހުއްދަ ދީފައި ވަނީ ހަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރުގެ މީހުންނަށެވެ. އެއީ ދުވާލަކު 6000 މީހުން ނެވެ.

ނަމަވެސް މި މަހުގެ 18 އިން ފެށިގެން ދެވަނަ މަރުހަލާގައި މިއަދަދު އިތުރު ކުރާ އިރު، ދުވާލަކު 15،000 މީހުން އުމްރާގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ދުވާލަކު 40،000 މީހުންނަށް ހަރަމްފުޅުގައި ނަމާދު ކުރުމުގެ ހުއްދަ ދޭނެ އެވެ. އެއީ ހަރަމްފުޅުގެ ޖާގައިގެ 75 އިންސައްތަ ފުރޭވަރުގެ މީހުން ނެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކަށް އުމްރާގެ އަޅުކަން ކުރުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނެވެ.

ތިން ވަނަ މަރުހަލާގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20،000 މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60،000 މީހުންނަށެވެ. އެއީ ހަރަމްފުޅުގެ 100 އިންސައްތަ ފުރޭވަރުގެ މީހުން ނެވެ.

ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ މިނިސްޓަރ ޑރ. މުހައްމަދު ސަލެހް ބެންޓެން ވިދާޅުވީ އުމްރާގެ އަޅުކަމަށް ޚަރަމްފުޅަށް އެތެރެވުމުގެ ހުއްދަ ދޭނީ ރަޖިސްޓްރީ ކުރާ މީހުންނަށް އެކަނި ކަމަށެވެ.

" އުމްރާ އަދި ހައްޖުގެ ކަންކަން ރަޖިސްޓްރީ ކުރުމުގެ ހުރިހާ ކަމެއް ވެސް މިހާރު އޮންލައިން އެޕެއް މެދުވެރިކޮށް ކުރެވޭނެ ގޮތަށް ހަމަޖައްސާފައިވާނެ. އުމްރާވުމަށް ރަޖިސްޓްރީވާ މައްކާގެ ރައްޔިތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ." އޭނާ ވިދާލުވި އެވެ.

އެގޮތުން ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންނަށް ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް