ހަގު އަނބީގެ ދިފާއުގައި ގާސިމް: ބަޔަކު އުޅެނީ ރާނިޔާ ބްލެކްމެއިލް ކުރަން

ބަޔަކު އުޅުނީ ރާނިޔާ ބްލެކްމެއިލް ކުރަން ކަމަށާއި ނަމަވެސް އެކަން އެ ބަޔަކަށް ކާމިޔާބެއް ނުކުރެވުނު ކަމުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އުމުރުން 23 އަހަރުގެ ރާނިޔާއަކީ ގާސިމް ދ...

04 Oct 2020 | 13:47

ބަޔަކު އުޅުނީ ރާނިޔާ ބްލެކްމެއިލް ކުރަން ކަމަށާއި ނަމަވެސް އެކަން އެ ބަޔަކަށް ކާމިޔާބެއް ނުކުރެވުނު ކަމުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އުމުރުން 23 އަހަރުގެ ރާނިޔާއަކީ ގާސިމް ދާދި ފަހުން ކައިވެނި ބައްލަވައިގެންނެވި ގާސިމްގެ ހަނގު އަނބިކަނބަލުންނެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު ރާނިޔާގެ ފޮޓޯތަކެއް ކަމަށް ބެލެވޭ ފޮޓޯތަކަކާއި ޗެޓްލޮގްތަކެއް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެއެވެ.

ގާސިމް ވިދާޅުވެފައިވަނީ މި ކަމަކީ މީގެ ތިން އަހަރެއްހާ ދުވަސްކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން ހެކް ކުރި ބަޔަކު މީހުން އުފައްދައިގެން އުޅޭ ލިޔުމާއި ފޮޓޯ ކަމަށެވެ.

"މިކަން އޭރުވެސް ޕޮލިހުންނަށްވެސް އެނގިވަޑައިގަންނަވާނެ" ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމްގެ މި ކައިވެންޏާއެކު ސޯޝަލް މީޑިއާގައި ގާސިމް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް