ސިންގަޕޫރުގެ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

ސިންގަޕޫރުގެ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައި، ތާރީޚު އިޢުލާން ކޮށްފި އެވެ. އެ ކުންފުނިން ބުނީ މިއަހަރުގެ ޑިސެމްބަރ މަހު1 ވަނަ ދުވަހު ރާއްޖެއަށް އަލުން ދަތުރު ފަށާނެ ކަމަށ...

04 Oct 2020 | 12:46

ސިންގަޕޫރުގެ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައި، ތާރީޚު އިޢުލާން ކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިއަހަރުގެ ޑިސެމްބަރ މަހު1 ވަނަ ދުވަހު ރާއްޖެއަށް އަލުން ދަތުރު ފަށާނެ ކަމަށެވެ. އަދި ހަފުތާއަކު ދެ ދަތުރުކުރަން ނިންމައިފައިވާ ކަމަށެވެ.

ސިންގަޕޫރު އެއަރލައިންސްގެ ސަބްސިޑަރީ އެއަރލައިންގެ ދަތުރުތައް އަލުން ފަށާ ތާރީޚު އިޢުލާނު ކުރި ނަމަވެސް، ސިންގަޕޫރު އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަަށް އަލުން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

އެ އެއަރލައިންގެ ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑާ ގުޅިގެން މާރޗް މަހު އެވެ. އަދި ހުއްޓާލި އިރު، ހަފުތާއަކުން ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުކުރެ އެވެ.

އެ އެއަރލައިން ދަތުރުކުރަމުން އައީ ސިންގަޕޫރު އެއަރލައިންސާ ގުޅިގެންނެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި އަލުން ހުޅުވާލުމާ ގުޅިގެން ރާއްޖެ އަންނަ އެއަރލައިންތައް ވަނީ ދަތުރުތައް އަލުން ފަށާފައެވެ. އަދި ރާއްޖެއިން ވަނީ ޓޫރިސްޓުން ޝައުގުވެރިކުރަން ބޯޑަރ މައިލްސް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ 25 ޕަސެންޓް އިތުރުވެފައިވާ އިރު، މިދިޔަ މަހު 9،538 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އަދި ބޯޑަރު ހުޅުވާލުމުން މިހާތަނަށް ޖުމްލަ 18،867 ޓޫރިސްޓުން އައިސްފައިވެ އެވެ.

ސިލްކް އެއަރލައިނުން ރާއްޖެއަށް ދަތުރު ކުރުމަށް ނިންމާފައިވަނީ ބޮއިން 800- 737 މަރުކާގެ މަތިންދާބޯޓުތަކުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް