އިންޑިއާގައި 15 އަހަރުގެ އަންހެން ކުއްޖަކު ރަހީނުކުރުމަށް ފަހު ރޭޕް ކޮށްލައިފި

އިންޑިއާގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރަހީނު ކުރުމަށްފަހު ރޭޕް ކޮށްލައިފިއެވެ. މި ހާދިސާ ހިނގީ އިންޑިއާގެ އުއްތަރަޕްރަދޭސްގެ އަވަށެއް ކަމުގައި ބަލިއްޔާގައި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހ...

04 Oct 2020 | 12:30

އިންޑިއާގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރަހީނު ކުރުމަށްފަހު ރޭޕް ކޮށްލައިފިއެވެ.

މި ހާދިސާ ހިނގީ އިންޑިއާގެ އުއްތަރަޕްރަދޭސްގެ އަވަށެއް ކަމުގައި ބަލިއްޔާގައި މިދިޔަ ހަފްތާ ބުރާސްފަތި ދުވަހުއެވެ. އުމުރުން 23 އަހަރުގެ ސައިފް ނަމަކަށް ކިޔާ ޒުވާނަކު އެ އަންހެން އެކުއްޖާ ރޭޕް ކޮށްފައިވަނީ އުއްތަރަޕްރަދޭޝްގެ ސިކަންދަރު ޕޮލިސް ސްޓޭޝަން ހުންނަ ސަރަހައްދުގައެވެ.

އިންޑިޔާގެ ޚަބަރުތަކުން ބުނާގޮތުގައި އުމުރުން 15 އަހަރުގެ މި އަންހެން ކުއްޖާ ރަހީނުކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަދި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވަނީސް އެއަންހެން ކުއްޖާގެ ބައްޕަ ވަނީ އެކުއްޖާ ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައެެވެ.

ފުލުހުން މި އަންހެން ކުއްޖާ ސަލާމަތް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ރަސްރާ ބަސް ސްޓޭންޑް ކައިރިން ކަމަށް އިންޑިޔާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި އަންހެން ކުއްޖާ ސަލާމަތް ކުރުމަށްފަހު އިތުރު މެޑިކަލް ޓެސްޓުތަކެއް ހެދުމަށް މިހާރުވަނީ ޑިސްޓްރިކް ހޮސްޕިޓަލް އަށް ފޮނުވާފައިކަމަށްވެސް ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ޚަބަރުތަކުން ރިޕޯޓުކުރެއެވެ.

އަދި މި އަންހެން ކުއްޖާ ރަހީނު ކޮށް ރޭޕްކޮށްފައިވާ މައްސަލައިގެ އިތުރު ތަޙުޤީޤުތަށް ކުރަމުންގެންދާ ކަމަށް ވެސް ފުލުހުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް