ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދެން ހުޅުވާލައިފި

ބްރޯޑްކާސްޓު ކުރުމާއި ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވާކަން ހާމަ ކުރީ މިއަދު ފާހަގަ ކުރަމުންދާ ބްރޯޑްކާސްޓިން ދުވަހާއި ގުޅިގެން މޯލްޑ...

04 Oct 2020 | 10:30

ބްރޯޑްކާސްޓު ކުރުމާއި ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވާކަން ހާމަ ކުރީ މިއަދު ފާހަގަ ކުރަމުންދާ ބްރޯޑްކާސްޓިން ދުވަހާއި ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެ ބައްދަލުުމުގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ލައިސަންސް ދޫކުރުމަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އޭގެ ބަދަލުައ ޝަރުތު ހަމަވާ ފަރާތްތަކަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް މަރީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބުރުގައި ލައިސަންސް ދޫކުރާނީ ފަސް އަހަރަށް ކަމަށެވެ.

އެ ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް 39 ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 11 ރޭޑިއޯ ޗެނަލާއި 28 ޓީވީ ޗެނަލެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 121 ފަރާތަކުން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްދެ އެވެ. މުޅި ރާއްޖޭގައި ރީބްރޮޑްކާސްޓުކުރުމުގެ ލައިސަންސް ފަސް ފަރާތަކަށް ބްރޯޑްކޮމްއިން ދޫކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް