އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން މެނޭޖަރު ބިލް ސްޓެފެންވެސް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސްޓެފެންގެ ކޯވިޑަށް ޕޮސިޓިވްވި ނަތީޖާ ލިބިފައިވަނީ އިއްޔެ އެވެ. އޭނާ ގައިން ކޯވިޑްގެ މަދު އަލާމާތަތްތަކެއް ފެންނަމުން ދިޔަ ނަމަވެސް ހާޅު ގޯސް ނޫން ކަމަށްވެ އެވެ.
ސްޓެފެން ޕޮސިޓިވްވި ނަމަވެސް ޑެޕިއުޓީ ކެމްޕެއިން މެނޭޖަރުގެ ނަތީޖާ ނެގެޓިވް ކަމަށްވެ އެވެ. އެކަމަކު ޓްރަމްޕްގެ އަރިހުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ދަނީ ކޯވިޑަށް ޕޮސިޓިވްވަމުންނެވެ.
ސްޓެފެން ކޯވިޑަށް ޕޮސިޓިވްވުމުން ކަރަންޓިންގައި ހުންނެވީ ގޭގައި އެވެ. ކެމްޕެއިންގެ މަސައްކަތްތައް ގޭގައި ހުންނަވައިގެން ކުރާނެ ކަމަށް އޭނާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ޓްރަމްޕް ނިސްބަތްވެވަޑައިގެންނަވާ ރިޕަބްލިކަން ޕާޓީގެ ސިޔާސި އިސް ފަރާތްތަކެއް ޕޮސިޓިވްވަމުން ދާއިރު އޭގެ ތެރެއިން ފުރަތަމަ ކޯވިޑް ޖެހުނު ކަމަށް ބެލެވެނީ އެ ޕާޓިގެ އިސް ސަފުގައި ހަރަކާތްތެރިވާ ވައިޓް ހައުސްގެ ކުރީގެ ޕަބްލިކް ރިލޭޝަން އެޑްވައިޒަރު ހޯޕް ހިކްސް އަށެވެ. ޓްރަމްޕް ކޯވިޑަށް ޓެސްޓު ކުރެއްވީވެސް ހޯޕް އާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާތީ އެވެ.
ޓްރަމްޕާއި އެކު އަނބިކަނބަލުން މިލޭނިއާ ޓްރަމްޕަށްވެސް ކޯވިޑް ޖެހިފައިވެ އެވެ. މިލޭނިއާ ވައިޓް ހައުސްގައި ކަރަންޓީންގައި ހުންނެވި އިރު އިތުރު ފަރުވާއަށް ޓްރްމަޕް ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް