ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ. އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމާ، އެޖެންޑާ ކޮށްފައިވާ އެޖެންޑާގެ އެންމެ ކުރީގައި ...

04 Oct 2020 | 07:56

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ތާވަލުކޮށްފި އެވެ.

އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މަޖިލީހުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމާ، އެޖެންޑާ ކޮށްފައިވާ އެޖެންޑާގެ އެންމެ ކުރީގައި ވަނީ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރުމެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މިނިސްޓަރު އަސްލަމްއާ ސުވާލު ކުރަން ހުށަހެޅުއްވީ އޭނާ ތަމްސީލުކުރާ ދާއިރާގެ މާވަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރުމަށެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުންވެސް ވަނީ ހިމަނާފަ އެވެ. އަދި އިބްތިދާއީ ބަހުސަށް ތިން ބިލެއް ވެސް އެޖެންޑާ ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގެ ބިލާއި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ. އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައި ވަނީ ސެޕްޓެމްބަރު ހަވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް