ނެޓްވޯކްތައް ފަޅާއަރަނީ ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ސިޔާސީ ހިމާޔަތް ނުދޭތީ: އިމްރާން

މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް މި ސަރުކާރު އައި ފަހުން ފަޅާ އަރަީ ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޝެއިހް އިމްރާން މިހެން ވިދާޅުވެފައި މިވ...

04 Oct 2020 | 07:26

މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް މި ސަރުކާރު އައި ފަހުން ފަޅާ އަރަީ ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިހް އިމްރާން މިހެން ވިދާޅުވެފައި މިވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަޝްތުވާތަކެތީގެ ފިޔަވާރި ކުރާ ބަޔަކު ކަނޑުމަތިން އިއްޔެ އަތުލައިގަނެފައި ވަނިކޮށެވެ. މި މައްސަލައިގަ އިއްޔެ ހައްޔަރުކޮށްފައިވަނީ އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރު ކުރާ އިބްރާހިމް ރަޝީދު (އަބުޗާ)އާ އެކު އިތުރު ބައެކެވެ. އޭގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ހިމެނެ އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ފުލުހުންނަށް ކާމިޔާބު ކަމާއި އެކު ކުރެވެމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކާމިޔާބުވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިއްޔެ ހިންގި އޮޕަރޭޝަންގައި88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުން އެކިި ފަންނުތަކުގައި މަސައްކަތްކުރާ ފުލުހުްނގެ ބުރަ މަސައްކަތުން ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މި ނެޓްވޯކް ފަޅާ އަރުވާލެވުނީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމެންޓުގެ ހުރިހާ ގާބުލް ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://twitter.com/ShimranAb/status/1312650412357373952

އައްޑޫ ސިޓީގެ އިއްޔެ ފުލުހުްނގެ ހިންގި މަސްތުވާތަކެތީގެ މުޅި އޮޕަރޭޝަން ހިންގީ ދިވެހި ފުލުހުންގެ އިންޓެލިޖެންސުގެ މައްޗަށް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ. އެކަމަކު ބޭރު މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ރާއްޖޭގެ ފުލުހުން އެ އޮޕަރޭޝަން ހިންގީ ޕާކިސްތާން ސަރުކާރުގެ އެހީ އާއި އެއްކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް