ބޯޑަރު ހުޅުވިފަހުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު 18،000 އިން މައްޗަށް !

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް 18،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ. ކޮވިޑް-19 އާއި ...

04 Oct 2020 | 06:09

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް 18،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް ބޯޑަރު ހުޅުވިތާ މިހާރު ތިން މަސް ވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި 18،867 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން މިދިޔަ ސެމްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 9538 ފަތުރުވެރިންނެވެ. އަދި އޮގަސްޓު މަހު ރާއްޖެ އައިސްފައިވަނީ ޖުމްލަ 7628 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު، ފަތުރުވެރިން ނާއި ގުޅޭ ގައިޑްލައިންއެއްވެސް އޮންނަނީ އެކުލަވާލެވިފައެވެ.

ގޮތުން މި ގައިޑްލައިންގައި ވާގޮތުން އެއާޕޯޓުން ފަތުރުވެރިންގެ ހުން ބަލާ ސްކްރީން ކުރާއިރު، ކެއްސުމާއި ރޯގާ ޖެހިފައިވުމާއި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ފެންނަ ނަމަ އެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޓެސްޓު ކުރާނެއެވެ. އަދި މި ޓެސްޓު ހަދާނީ އެ ފަތުރުވެރިއެއްގެ އަމިއްލަ ޙަރަދުގައެވެ.

އިތުރަށް މި ގައިޑުލައިންގައި ބަޔާންކޮށްފައި ވާގޮތުން އެއާޕޯޓަށް އަންނަ ފަތުރުވެރިންގެ ޓެސްޓުތައް ހަދާއިރު، އެ ޓެސްޓުތައް ހަދާ ފަތުރުވެރިން ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ތިބެންޖެހޭނީ ޓްރާންސިޓް ފެސިލިޓީއެއްގައި އައިސޮލޭޓްވެގެންނެވެ.

އަދި ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން ވެސް ތިބެންޖެހޭނީ ނޭފަތާއި އަނގަ ނިބާވާގޮތަށް މާސްކު އަޅައިގެން ކަމަށްވެސް މި ގައިޑްލައިނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް