އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން ހިންގީކީ ބޭރުގެ އިންޓެލިޖެންސް މައުލޫމާތަކަށް ނޫން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ވިދާޅުވެފައި މި އޮޕަރޭޝަނުގައި، ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށާއި އޮޕަރޭޝަން ކުރިއަށްގެންދިޔައީވެސް ދިވެހި ފުލުހުން އެކަނި ކަމަށެވެ. އަދި އިންޓެލިޖެންސް މައުލޫމާތަކީވެސް ދިވެހި ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތު ކަމުގައިވެސް ހަމީދު ވިދާޅުވިއެވެ.
ސީޕީ މިހެން ވިދާޅުވެފައިވާއިރު ޕާކިސްތާނުގެ އިންޓެލިޖެންސް މައުލޫމާތަކަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް ދިވެހި ފުލުހުންގެ އޮޕަރޭޝަނާއި އެ އޮޕަރޭޝަނަކީ އެއް އޮޕަރޭޝަނެއްކަން އަދި ފުލުހުން ބުނެފައެއް ނުވެއެވެ.
https://twitter.com/M_Hameedh/status/1312595131845939200
އައްޑޫ ސިޓީގައި އިއްޔެ ހިންގި އޮޕަރޭޝަނުގެ ތަފްސީލު ދިވެހި ފުލުހުން އަދި ހާމަ ނުކުރި ނަމަވެސް މަސްތުވާތަކެތީގެ ބޮޑެއް ކަމުގައި ފުލުހުން ތުހުމަތު ކުރާ އިބްރާހިމް ރަޝީދު (އަބުޗާ) އަދި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ހައްޔަރު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް