ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެރަށު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މި ހިނގާ އޮކްޓޫބަރ މަސްތެރޭ ފޮނަދޫ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވާއިރު،
މި މަޝްރޫއުގެ ދަށުން ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް ވެސް މިހާރު ވަނީ ގެނެސްފައެވެ.
އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ފިނަދޫ މަގުތައް ހެދުމުގެ މި މަޝްރޫއުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯ މީޓަރު ހުންނަ 12 މަގު ތަރައްގީކުރާނެ އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
އެމްޓީސީސީ އިން ކުރިއަށްގެންދާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 26 ޖޫން 2019ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް