ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 80 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 20 ބިދޭސީން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
މިއަދަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދުން ކޯވިޑް-19 އަށް މީހުން ފައްސިވި ދުވަހެވެ. މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 8361 އަށް އަރާފައެވެ.
159 މީހަކު މިއަދު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް