ޗައިނާގެ އޭވިއޭޝަން މުވައްޒަފުންނަށް ކޮވިޑް ވެކްސިން ދޭން ނިންމައިފިއެވެ.
އެ ގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިން، އެގައުމުގެ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައުވަ މިވަނީ އެގައުމުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް އިސްކަންދީ ވެކްސިން ދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަވަގުތެއްގައެވެ.
ޗައިނާގެ އޭވިއޭޝަން ރެގިއުލޭޓަރ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއަރލައިންތަކާއި އެއަރޕޯޓުތަކާއި އޭވިއޭޝަން ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ދޭން ބޭނުންވާ މީހުންގެ ލިސްޓެއް ހުށަހެޅުމަށް އެދިފައިވާ ކަމަށެވެ.
އެގައުމުގެ ސައިނޯވެކް ބަޔޯ ޓެކް އަދި ނައިނާގެ ނެޝަނަލް ބަޔޯ ޓެކް ގްރޫޕުން އުފައްދާފައިވާ ދެ ވެކްސިނެއް އިމަރޖެންސީކޮށް ބޭނުންކުރުމަށް އެގައުމުން ދާދި ފަހުން ވަނީ ހުއްދަ ދީފައެވެ.
ޗައިނާގައި އުފައްދާ ކޮވިޑްގެ ހަތަރު ވެކްސިނެއް އެންމެ ފަހު މަރުހަލާގައި ޓެސްޓު ކުރަމުން އަންނަ އިރު، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ހަރަކާތެއް މިދިޔަ މަހު ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް