ނ. ކެނދިކުޅުދޫގައި ސަރުކާރުން އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމިއްޖެއެވެ.
މިކަން ހާމަކުރައްވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދުވަނީ ޓްވީޓެއް ކުރައްވާފައެވެ.
އެ ޓްވީޓެއްގައި މި މަސައްކަތަށް އެ ރަށުގެ ކައުންސިލާއި އެ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މަހްލޫފުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ރ. އަލިފުށި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ. އަދި ލ. ގަމާއި ފުވައްމުލަކު ސިޓީގެ ދަނޑުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މި ރަށްތަކުން ތަރިންތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ސިފައިންގެ ވެލްފެއަރ ކުންފުނި ސިވެކުން ކުރި އިރު، ދަނޑުގައި ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
މި މަސައްކަތަށް 2,024,600.00 ރުފިޔާ ސަރުކާރުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް