އެމްއެންޔޫގެ އެކެޑަމިކް ތިން މުވައްޒަފަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް އެހީ ދީފި

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކެޑަމިކް މުވައްޒަފަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް އެހީ ދީފި އެވެ. އެކި ދާއިރާތަކުން ދިރާސާކުރަން ދިން އެހީގެ ގްރާންޓް ލިބުނުކަމުގެ ލިޔުން އެކެޑ...

04 Sep 2020 | 13:30

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކެޑަމިކް މުވައްޒަފަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގްރާންޓް އެހީ ދީފި އެވެ.

އެކި ދާއިރާތަކުން ދިރާސާކުރަން ދިން އެހީގެ ގްރާންޓް ލިބުނުކަމުގެ ލިޔުން އެކެޑެމިކް މުވައްޒަފުންނަށް ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

ޔުނިވަރސިޓީގެ ބަޖެޓުގައި ހިމަނައިގެން 2014 އިން ފެށިގެން ޔުނިވަރސިޓީގެ ބަޖެޓުން ދެމުންގެންދާ ގްރާންޓް އެހީ އަކީ ޔުނިވާސިޓީގައި ރިސަރޗު މާހައުލެއް ގާއިމުކޮށް އެކެޑެމިކް މުވައްޒަފުންނަކީ ރިސަރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ދެމުންދާ އެހީއެކެވެ.

ރިސަރޗު ޕްރޮޖެކްޓް ހިންގަން 9 ފަރާތަކުން ހުށަހެޅި ކަމަށާއި އެކަމަކު އޭގެ ތެރެއިން އެހީ ދީފައި ވަނީ ތިން ޕްރޮޕޯސަލަކަށް ކަމަށް އެ ޔނިވަރސިޓީން ބުންޏެވެ. އަދި މުވައްޒަފުންނަށް ދިން ގްރާންޓްތަކުގެ ޖުމްލަ އަދަދަކީ 440855 ރުފިޔާ ކަމަށްވެސް ބުންޏެވެ.

އެހީ ދީފައިވަނީ ފެކަލްޓީ އޮފް އާޓްސްގެ ދެ މުވައްޒަފަކާއި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުވައްޒަފަކަށެވެ.

އެމްއެންޔޫ އިން ބުނީ އެ ދިރާސާތައް ރިވިއުކުރުމަށް ފަހު ޔުނިވަރސިޓީގެ ޖަރނަލްގައި ޝާއިއުކުރާނެ ކަމަށާއި އެމްއެންޔޫގެ ކޮންމެ މުވައްޒަފަކަށް އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށްވެސް ގްރާންޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި އޮންމަކަމަށެވެ.

އެ ޔުނިވަރސިޓީން ބުނީ ރިސަރޗު ގްރާންޓު ދިނުމުގައި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގައި ހިމެނޭ ދާއިރާތަކަށް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ. އަދި ރިސާޗު ގްރާންޓުގެ ދަށުން 10،000 ރުފިޔާއިން ފެށިގެން އެއްމިލިއަން ރުފިޔާއާ ހަމައަށް އެހީގެ ގޮތުގައި ދޭނެ ކަމަށެވެ.

ގްރާންޓް ދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު، ކެޓަގަރީތަކުން،ކަނޑައެޅިފައިވާ އިވެލުއޭޝަން ކްރައިޓީރިއާއަށް ބަލައި ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް