ސްރީލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެ އިދާރާއިން އެންވަޔަރަމެންޓް މިނިސްޓްރީގައި މިހާރު ބާއްވަމުން އަންނަ ޕްރެސް ބްރީފިންގ ގައި އެމްއެންޑީއެފް ކޯސްޓް ގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ތެޔޮ ޓޭންކަރު ހާދިސާއާއި ގުޅިގެން ސްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރުން ކައިރިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެންމެފަހުގެ މައުލޫމާތަށް ބަލާއިރު، އަދި އެ ޓޭންކަރުން ތެޔޮ ލީކު ނުވާ ކަމަށާއި ހެދިފަ ހުރި ޕްރެޑިކްޝަނަށް ބަލާނަމަ، މިހާރަކަށް ރާއްޖެއާއި ދިމާއަށް މީގެ އެއްވެސް ކަހަލަ ގެއްލުމެއް އަންނާނެ ކަމަކަށް ފާހަގަ ނުކުރެވޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ކުވައިތުން އިންޑިއާ އަށް ދަނިކޮށް ލަންކާގެ އިރުމަތީ ފަރާތު ބޭރުން އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް