ދިވެހިރާއްޖޭގެ ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭންއަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، "ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭން" އަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. ހިޔާލު ހުށައެޅުމުގެ ފުރުސަތު އެ މިނިސްޓްރީން އިއްޔެ ހުޅުވާލައިފައިވާއިރު، ޙިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ ފޯމެއް ފުރުމަށްފަހު މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ކަނޑުމަހުގެ މެނޭޖްމަންޓް ޕްލޭން އަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފިޝަރީޒް މިނިސްޓްރީން މީގެކުރިން ވަނީ އެ މިނިސްޓްރީން ހަދަމުންދާ އެހެން މެނޭޖްމަންޓް ޕްލޭންތަކަށްވެސް އާންމުންގެ ހިޔާލަށް ހުށައަޅާލާފައެވެ.
ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ނެރުމަށްޓަކައި ފިޝަރީޒް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް