ޙުސައިން މުޙައްމަދުގެ މައްޗަށް ކަށު ނަމާދުކުރުން މިރޭ މަޣްރިބު ނަމާދަށްފަހު

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ)ގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ މަޣުރިބު ނަމާދަށް ފަހު އޮންނާނެއެވެ. ކަށުނަމާދު.އެމްވީގައި ބުނެފައިވަނީ އޭނާގެ މައްޗަށް ...

04 Sep 2020 | 10:46

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ)ގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ މަޣުރިބު ނަމާދަށް ފަހު އޮންނާނެއެވެ.

ކަށުނަމާދު.އެމްވީގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ކަށުނަމާދު ކުރުން އޮންނާނީ މިރޭ މަޣުރިބު ނަމާދަށް ފަހު 18:45ގައި އާސަހަރާ މިސްކިތުގައި ކަމަށެވެ.

ޢުމުރުފުޅުން 71 އަހަރުގައި ޙުސައިން އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ހުސެއިން މުހައްމަދު ވަނީ މަޖިލީހުގެ މެންބަރުކަން މެދުނުކެނޑި ތިން ދައުރު ކުރައްވާފައެވެ.

އޭނާ އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގައެވެ. އަދި 17 ވަނަ މަޖިލީހުގައި މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައިވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހުސައިން ވަނީ އާފަތިސް ނޫހާއި ޕަބްލިކް ސަރވިސް މީޑިއާގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައްވެސް އޭނާ ވަނީ އަދާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް