މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް މިމަހު ފަށަނީ

މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ. ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މޯލްޑިވިއަންއިން ރާއް...

04 Sep 2020 | 10:08

މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ޝެޑިއުލް ދަތުރުތައް މިމަހުގެ 10 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ޝެޑިއުލް ދަތުރުތައް ކުރަން ފަށާ މިއީ ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަންއިން އަލުން ޓްރިވެންޑްރަމަށް ދަތުރުތައް ފަށާއިރު ފްލައިޓް އޮޕަރޭޓްކުރާނީ ހަފްތާއަކު 2 ފަހަރެވެ. މޯލްޑިވިއަނުން ބުނީ ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓަށް ނަގަނީ 325 ޑޮލަރު ކަަމަށެވެ.

ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެެއް އައިސްފައިވާއިރު، ދަތުރުކުރާ ފަރާތްތަކާއި، ކްރޫއިންގެ ރައްކާތެރިކަމަށް ޓެންޕަރޭޗަރ ޗެކްކުރުމާއި، ފްލައިޓްތައް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް މޯލްޑިވިއަންއިން ބަލަހައްޓާނެއެވެ. އަދި ފްލައިޓްގައި ދަތުރުކުރާއިރު ކްރޫ އަދި ފަސިންޖަރުން މާސްކް އަޅަންޖެހޭ ގޮތަށް ވަނީ ލާޒިމްކޮށްފައެވެ.

ކޯވިޑް-19ގެ ކުރިން މޯލްޑިވިއަނުން ދިޔައީ އިންޑިއާ، ޗައިނާ، ސްރީލަންކާ، ތައިލެންޑަށް ދަތުރުތައް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް