ހޯޑެއްދޫ އިން ޕޮޒިޓިވް ކޭސްއެއް ފެނިގެން މޮނިޓަރިން ހާލަތަށް ގެންގޮސްފި

ގދ. ހޯޑެއްދޫ އިން ޕޮޒިޓިވް ކޭސްއެއް ފެނިގެން މޮނިޓަރިން ހާލަތަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުން ބުނީ މިއީ އެރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްގެ ތެރެއިން ފެނުނު ކޭސް އެއް ކަމަށެވެ. އަދި މިއީ...

04 Sep 2020 | 09:14

ގދ. ހޯޑެއްދޫ އިން ޕޮޒިޓިވް ކޭސްއެއް ފެނިގެން މޮނިޓަރިން ހާލަތަށް ގެންގޮސްފިއެވެ.

އެރަށު ކައުންސިލުން ބުނީ މިއީ އެރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއްގެ ތެރެއިން ފެނުނު ކޭސް އެއް ކަމަށެވެ. އަދި މިއީ އެ ރަށުގެ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ރަށު ތެރޭގައި ބަލި އޮތްތޯ ބެލުމުގެ ގޮތުން ނެގި ސާމްޕަލެއް ކަމަށެވެ.

ކައުންސިލުން ބުނީ ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ދެ ސާމަޕްލެއް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އަދި އެރަށް މިހާރުވަނީ މޮނިޓަރިން ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

ހަލުވިކާމއެކު ފެތުރެމުން އަންނަ ކޮވިޑް ބަލި ރާއްޖޭގެ 39 ރަށެއްގައި އޮތް އިރު، 20 ރިސޯޓަކުން 16 ފަތުރުވެރިއަކާއި 45 ސްޓާފަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް