ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 71 އަހަރުގައި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަ...

04 Sep 2020 | 03:55

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 71 އަހަރުގައި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ހުސެއިން މުހައްމަދުވ ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައްޔާއި ތައުލީމީ ދާއިރާގައި އަދި މީޑިއާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ސިޔާސީ ދާއިރާއަށް ބަލާލާއިރު އަރިއަތޮޅު އުތުރުބުރީ މެންބަރުކަން 2005 އިން 2009 ކުރެއްވިއެވެ. އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009 އިން 2019 އަށް ކުރެއްވިއެވެ. ތައުލީމީ ދާއިރާއަށް ބަލާލާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބުކަން ކުރެއްވިއެވެ.

މީގެ އިތުރުން މީޑިއާގެ ދާއިރާއަށް ބަލާލާއިރު ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވިއެވެ. އެގޮތުން ޓީވީ މޯލްޑިވްސްގެ ޑިރެކްޓަރ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ކުރެއްވިއެވެ. ގައުމީ ޓީވީ އާއި ރޭޑިއޯ ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް