ޔޫއެފާ ނޭޝަންސް ލީގުގެ ކުޅުން ރޭ ފެށިފައިވާއިރު، ރޭ ވަނީ މި މުބާރާތުގެ ގިނަ މެޗުތަކެއް ކުޅެފައެވެ.
އެގޮތުން ރޭ 11:45 ގައި ނޭޝަންސް ލީގުގެ 11 މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،
ޖަރުމަން އަދި ސްޕެއިން ބައްދަލުކުރި މެޗު ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފެނިގެން ދިޔައީ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓިގައި ޖަރުމަނުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ޓިމޯ ވާނާއެވެ.
ސްޕެއިން އިން މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު ވަގުތު އެވެ. އެގޮތުން މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރަށް ދެއްކި ފަސްމިނެޓުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ލުއިސް ގާޔާ ޕެނާއެވެ.
ރޭ ކުޅުނު އިތުރު މެޗުތުތަކުގެ ނަތީޖާ ތަކަށް:
ޔޫކްރެއިން - ސްވިޒަލެންޑް: 2-1
ރަޝިއާ - ސާބިއާ : 3-1
ތުރުކީ - ހަންގޭރީ : 1-0
ބަލްގޭރިއާ - އަޔަލެންޑް : 0-0
ފިންލެންޑް - ވޭލްސް : 0-1
މޮލްޑޯވާ - ކޮސޯވޯ : 1-1
ސްލޮވީނިއާ - ގްރީސް : 0-0
ފެރޯ އައިލެންޑް - މޯލްޓާ : 3-2
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް