ލުބުނާނުގައި ބޮޑު ބިޔަ ގޮވުމެއް، އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް

ލުބުނާނުގައި މިއަދު ބޮޑު ބިޔަ ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެއްޖެއެވެ. މިހާތަނަށް ލިބޭ މައުލޫމާތަށް ބަލާއިރު މި ގޮވުން ގޮވާފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕ...

04 Aug 2020 | 18:54

ލުބުނާނުގައި މިއަދު ބޮޑު ބިޔަ ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމް ވެއްޖެއެވެ.

މިހާތަނަށް ލިބޭ މައުލޫމާތަށް ބަލާއިރު މި ގޮވުން ގޮވާފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި ހުރި ގޮވާޒާތުގެ ތަކެތި ގުދަން ކޮށްފައި ހުރި ތަނެއްގައެއެވެ.

މި ގޮވުން ގޮވުމާއެކު މިއީ ބަޔަކު ދިން ހަމަލާއެއް ކަމުގައި ސިފަ ކުރެވިގެން ދިޔައެވެ. އަދި ތުހުމަތުގެ އިނގިލި އިޒްރޭލަށްވެސް ދިއް ކުރެވުނެވެ. ނަމަވެސް އިޒްރޭލުން އެކަން ވަނީ ދޮގުކޮށްފައެވެ.

އަލް ޖަޒީރާގައި، ބެއިރޫތުގެ ހެޑް އޮފް ޖެނެރަލް ސެކްރެޓަރީ ޖެނެރަލް އައްބާސް އިބްރާހިމާ ހަވާލާދީ ބުނެފައިވާގޮތުގައި މި ގޮވުން ގޮވާފައިވަނީ މީގެ އަހަރެއްހާ ދުވަސްކުރިން، ބަންދުކޮށް ނައްތާލަން އަންގާފައިވާ، ގޮވާޒާތުގެ ތަކެތި ގުދަން ކޮށްފައިހުރި ތަނެއްގައެވެ. އެތާނގައި ގިނަ އަދަދަކަށް އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ކަމަށް ވެއެވެ.

މިހާތަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 10 އަކަށްވުރެ ގިނަ މީހުން މި ހާދިސާގައި މަރުވެފައިވެއެވެ. ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 500 އިން މަތީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް