ކޯވިޑް-19 ފެތުރުން އިތުރުވުމާއި ގުޅިގެން ދަތުރުފަތުރު ކުރުމުގައި ދީފައިވާ ލުއިތައް ހަނިކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ، މިއަދުން ފެށިގެން މާލެ އިން ރަށް ރަށަށް ފޮނުވާނީ ކޮންމެހެން ދާން ޖެހޭ މީހުން އެކަނި ކަމަށެވެ. ކޮންމެހެން ދާންޖެހޭ މީހުންގެ ގޮތުގައި ފާހަގަ ކުރެއްވީ މާލެ އިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީން ވުން ދެން ހާއްސަ ކުރާނީ ސިއްހީ ކަންކަމުގައި ރަށްރަަށް ދާން ޖެހޭ މީހުންނާއި ޒަރޫރީ ބޭނުންތަކުގައި ދާން ޖެހޭ މީހުންނެވެ.
ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންވެ، ރަށްރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކް އަޅައިގެން ތިބުން ވެސް އެގޮތުން މިހާރު މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކް އަޅައިގެން އުޅެން އެދޭ ކަމަށެވެ.
އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަރަންޓީންގައި ތިބި މީހުން ކަރަންޓީން ގަވައިދާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މާލެ އަންނަ މީހުން އަރާ ފައިބާނ ސިޓީ ކައުންސިލުން ހާއްސަކުރާ ވަކި ސަރަހައްދަކުން ކަމަށް ވިދާޅުވި އެވެ. އަދި މުދާ ބަލާ އަންނަ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް މާލެ ނުފޭބޭނެ ކަމަށް ވިދާޅުވި އެވެ.
މާލެ ފިޔަވަައި ރާއްޖޭގެހަ އަތޮޅެއްގެ 10 ރަށަކުން މިހާރު ވަނީ ކޮވިޑް ކޭސްތައް ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް