މޭނާ ހައްސާން ޑީއާރުޕީއަށް ސޮއި ކުރުމާއެކު ޖާބިރު އުފަލުން ނައްޓަވައިފި

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއި ކުރައްވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ޓް...

04 Aug 2020 | 15:34

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު ޑީއާރުޕީއަށް ސޮއި ކުރައްވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑުގެ  ބްރަދަރ  މޭނާ  ހައްސާން  ސިޔާސީ  މަސައްކަތަށް  ނުކުތުމަކީ  ލިބުނު  ހިތްވަރެއް!  އަޅުގަނޑަކީ  ހައްސާންގެ  އެންމެ  ބޮޑު  އެއް  ސަޕޯޓަރ،  ރާއްޖޭގެ  ނަންބަރު  1  ލެޖެންޑް! ވަގުތު  ނެތޭ  ވަގުތު  ނެތޭ!  މަސައްކަތަށް  އެންމެން  ނުކުމޭ!  ޑީއާރްޕީއަށް މަރުހަބާ!" ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/chairmanjabir/status/1290655396579901448

ޖާބިރު މި ޓްވީޓް ކުރައްވާފައިވަނީ ހައްސާން އެ ޕާޓީއަށް ސޮއި ކުރެއްވި ވީޑިއޯއާއިވެސް އެކުގައެވެ. އެ ވީޑިއޯގައި ޖާބިރު ވަނީ މޭނާ ހައްސާނާއެކު، މޭނާ ހައްސާނުގެ "ވަގުތު ނެތޭ، ވަގުތު ނެތޭ" މި ލަވަޔަށް ފައިހަމަކޮށް ނައްޓަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް