ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމުގެ އިސްތިއުނާފު އަޑު އެހުން ކެންސަލް ކޮށްފި އެވެ.
ހައިކޯޓުގައި މާދަމާ ބޭއްވުުމަށް ހަމަޖައްސާފައި އޮތް އެ އަޑު އެހުން ކެންސަލް ކުރީ ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމަށެވެ. މާދަމާގެ އަޑުއެހުމުގައި ތާވަލް ކުރެވިފައި އޮތް ގޮތުން މައްސަލަ އާއި ގުޅިގެން ޔާމީންގެ ފަރާތްޕު÷ުން ވާހަކަދެއްކެވުމަށް ފުރުސަތު ލިބިވަޑައިގެންނަވާނެ އެވެ.
އެއީ މިދިޔަ ދުވަސްތަކުގައި އެ މައްސަލަ އާއި ގުޅޭގޮތުން ވަކީލުންނާއި ވާހަކަފުޅު ދެއްކެވިފައި ނުވާކަމަށް އެންމެ ފަހުން ބޭއްވި އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވެފައިވާތީ އެވެ. އެ ދުވަހު ހައިކޯޓުގެ ޝަރީއަތުގައި ގާޒީ ވަނީ ކަރެކްޝަންސް އަށާއި ޕީޖީ އޮފީހަށް ޔާމީނަށް ވަކީލުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ދިނުމަށް އަންގަވާފައި އެވެ.
އެކަމަކު ކޯވިޑް ފެތުރޭތީ ޖަލަށް ވަޑައިގެން ބައްދަލު ކުރެއްވުމުގެ ފުރުސަތު ދެވެން ނެތުމުން އޮންލައިންކޮށް ބައްދަލުވުން ކުރިޔަށް ގެންދިއުމަށް އެދިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން މިގޮތަށް އެދިވަޑައިގެންނެވީ މާލޭގައި ކޯވިޑް ފެތުރުން އިތުރުވެފައިވާތީ އެވެ. މި ޝަރީއަތް ކުރިޔަށް ގެންދަނީ މައްސަލައިގަ ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރުކޮށްގެންނެވެ.
މި މައްސަލައިގަ ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައި އެވެ.
މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް