ފެލިދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ނިންމާއިފި

ވ. ފެލިދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އެމްޓީސީސީއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އީއައިއ...

04 Aug 2020 | 08:44

ވ. ފެލިދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ.

އެމްޓީސީސީއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އީއައިއޭ ހުއްދަ ހޯދުމަށްފަހު މި އަހަރުގެ ފެބްރުއަރީމަހު އަމަލީ މަސައްކަތް ފެށުނު  ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ހަރަދުވި ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ފެލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 126 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓާއި 61 މީޓަރުގެ ބޭރު ތޮށި ޖަހާފައިވެ އެވެ. އަދި އިތުރުން 200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި ބަނދަރާ އިންވެގެން 610 އަކަ މީޓަރުގެ ޕޭވްމަންޓު ހަދާފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިންމާފައިވާ ކަމަށްވެސް އެކުންފުނިން މައުލޫމާތުދެއެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް