ކޯވިޑް ޖެހިފައިވާ އެއް މަހުގެ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެނީ

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ އެއް މަހުގެ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ކޯ...

04 Aug 2020 | 08:32

ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާ އެއް މަހުގެ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި ކޯވިޑަށް ޕޮސިޓިވްވެފައިވާ އެ ކުއްޖާއަށް މިހާރު ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. އެ ކުއްޖާގެ ފަރާތުން ފެންނަ މައްސަލަތަކުގެ ގޮތުގައި ވިދާޅުވެފައިވަނީ ވަރުދެރަވުމާއި މައިމީހާގެ ގާތުން ނުބުއިމުގެ އިތުރުން ހުން ގަދަވުމެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވި ކުޑަކުދިންނާއި ގުޅޭގޮތުން މީގެ ކުރިން ޑރ. ފައިސަލް ވިދާޅުވެފައިވަނީ އާންމުކޮށް ރާއްޖޭގައި ބަލި ޖެހޭ ކުޑަކުދިންގެ ހާލު ރަނގަޅެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވަނީ ވަރަށް މަދު ކުދިންނަށް ކަމަށާއި އެކުދިންގެ ހާލުވެސް ސީރިއަސްވެފައި ނުވާކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިންވެސް އެއް މަސް އަދި އަހަރު ނުވާ ކުދިންނަށް ކޯވިޑް ޖެހިގެން ފަރުވާ ދީފައިވެ އެވެ. އެކަމަކު އެ ކުދިންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން މިހާބޮޑަށް ޑޮކްޓަރު ކަންބޮޑުވުން ފާޅު ކުރައްވާފައެއް ނުވެ އެވެ.

https://twitter.com/Faisalnaifaru/status/1290522448283103233

މިހާތަނަށް 200 އަށްވުރެ ގިނަ ކުޑަކުދިން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 4،293 މީހުން ޕޮސިޓިވްވެފައިވާއިރު 19 މީހުން ވަނީ މަރުވެފައި އެވެ. ބަލިން ރަނގަޅުވެފައިވަނީ 2،670 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް