މި ހަފްތާގައި ބޭންކުތައް ހުޅުވާފައި ހުންނާނީ މިއަދު އެކަނި: އެމްއެމްއޭ

މި ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ދޭނީ މިއަދު އެކަނި ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ. މިގޮތަށް ހަމަޖެއްސީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ސަރުކާރު ބަންދު ކުރުމަށް ސަރުކާރުން ...

04 Aug 2020 | 04:28

މި ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ދޭނީ މިއަދު އެކަނި ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.

މިގޮތަށް ހަމަޖެއްސީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ސަރުކާރު ބަންދު ކުރުމަށް ސަރުކާރުން ނިންމުމުންނެވެ.

އެމްއެމްއޭއިން ބުނީ ބޭންކުތަކުގެ ހިދުމަތް ދޭނީ މިއަދު ހެނދުނު 8:30 ން މެންދުރު ފަހު 2:00 އަށް ކަމަށެވެ. އަދި އެ އޮފީހަށް ސިޓީ އާއި ތަކެތި ބަލައިގަތުންވެސް އެގަޑީގައި ކުރިޔަށް ދާނެ ކަމަށް ބުނެފައިވެ އެވެ.

މިނިވަން ދުވަހާއި ބޮޑު ބަންދަށް ފަހު މިއަދަކީ ސަރުކާރު ހުޅުވަން ހަމަޖެހިފައި އޮތް ދުވަހެވެ. އެކަމަކު އޮގަސްޓު 4-6 އަށް ސަރުކާރު ބަންދު ކުރަން ނިންމީ ކޯވިޑް-19 ގެ ކޭސްތައް މާލޭގައި އިތުރުވެފައިވާތީ އެވެ.

މިފަހަކަށް ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ މީހުން މާލެއިން ޕޮސިޓިވްވެ އެވެ. އެޗްޕީއޭއިން ބުނެފައިވަނީ ގިނަ މީހުންނަށް ބަލި ޖެހެނީ އޮފީސް މާހައުލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް