ސްޓްރީޓް ވޯކައުޓުން ތަފާތު ދައްކަމުން އަންނަ ޒުވާން އިންސްޓްރަކްޓަރ

ފިޓް ޒޯންގައި އިންސްޓްރަކްޓަރެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ އިލްހާމް (ޕާޓިޔާ) އަކީ މިހާރު އިންސްޓަގްރާމުން ފާހަގަ ކޮށްލެވޭ މޫނެކެވެ. 26 އަހަރުގެ މި ޒުވާނާ ދަނީ ތަފާތު ފޮޓޯތަކެއް ސޯޝަލް މ...

04 Aug 2020 | 02:54

ފިޓް ޒޯންގައި އިންސްޓްރަކްޓަރެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަލީ އިލްހާމް (ޕާޓިޔާ) އަކީ މިހާރު އިންސްޓަގްރާމުން ފާހަގަ ކޮށްލެވޭ މޫނެކެވެ. 26 އަހަރުގެ މި ޒުވާނާ ދަނީ ތަފާތު ފޮޓޯތަކެއް ސޯޝަލް މީޑިއާ ދޫކުރަމުންނެވެ.

މިގޮތުން އިލްހާމްގެ ގިނަ ފޮޓޯ ތަކަކީ ރާއްޖޭގެ ފިޓްނެސް ދާއިރާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކުން މިހާތަނަށް ނަގައިފައި ނުވާ ޔުނީކް ފޮޓޯތަކެކެވެ.

ދުވަސް އަށް ވާހަކަ ދައްކަމުން އިލްހާމް ބުނީ، މިއީ އޭނާގެ ޕެޝަން ކަމަށެވެ. އިލްހާމް ބުނީ މިއީ ރާއްޖޭގައި ނުކުރާ ކަމަކަށް ވުމުން ތަފާތުކޮށްލުމުގެ ގޮތުން އޭނާ ކުރަން ފެށި ކަމެއް ކަމަށެވެ. މި ފޮޓޯ ތަކަކީ އޭނާގެ އާރބަން ކެލިސްތެނިކްސް ވޯކައުޓް ސެޝަން ތަކުގައި ނަގައިފައިވާ ފޮޓޯ ތަކެކެވެ.

އާރބަން ކެލިސްތެނިކްސްއަކީ ވައްތަރެއްގެ މަގުމަތީގައި ކުރާ ކަސްރަތެކެވެ. މި ކަސްރަތުގައި ޓްރެއިނިންގ ތައް ކުރިއަށް ގެންދާނީ މަގުމަތީގައެވެ.

އިލްހާމް ބުނީ، އޭނާ މި ވައްތަރުގެ ކަސްރަތަށް ޝައުގުވެރިވީ މައިކަލް ވަހްކޭޒްގެ  ފިޓްނެސް ވީޑިއޯތައް ފެނި މައިކަލްގެ ގިނަ ކަސްތަރުތަކަށް ޝައުގުވެރި ވެގެން ކަމަށެވެ. މި ނޫނަސް ވަރަށް ގިނަ ކެލިސްތެނިކްސް ކަސްތަރު ކުރާ މީހުންނަކީ އިންސްޕިރޭޝަންގެ ގޮތުގައި ބަލާ ކަމަށެވެ.

މައިކަލް ވަވަހްކޭޒްއަކީ ކެލިފޯނިއާގެ މަޝްހޫރު އެތްލީޓެއް، އޮންލައިން ފިޓްނެސް ކޯޗެއްގެ އިތުރުން މޮޑެލް އެއްވެސް މެއެވެ. އޭނާ އަކީ ގިނަ ޒުވާން އިންސްޓަރަކްޓަރުން ރޯލް މޮޑެލައެއް ގޮތުގައި ބަލާ މީހެކެވެ.

އިލްހާމް ބުނީ އޭނާ ފިޓްނަސް ދާއިރާއަށް ޝައުޣުވެރިވީ 2016 ވަނަ އަހަރު ކަމަށެވެ. އަދި އޭނާ ފުރަތަމަ ޖިމަށް އައީ ބަރުދަން އިތުރު ކުރާށެވެ.

" ކުރިން ވަރަށް ހިކި ކޮށް ހުންނާނީ. އަސްލު ޖިމަށް އައީ ވެއިޓް ގެއިން ކުރަން. ހިއެއް ނުކުރަން އެއްވެސް ވަރަކަށް މި ދާއިރާއިން ކުރިއަށް ދެވޭނެ ކަމަކަށް." އިލްހާމް ބުންޏެވެ.

އޭނާ އަކީ 2016 ވަނަ އަހަރުގެ މިސްޓަރ މޯލްޑިވްސްގެ ފިޒީކް ކެޓަގަރީގެ 55 ކިލޯއިން ދަށުގައި ވާދަކޮށްފައިވާ އެތްލީޓެކެވެ.

އިލްހާމް ބުނީ މިއީ އެއްވެސް ވަރަކަށް އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ. މިސްޓަރ މޯލްޑިވްސް 2016 ގައި ބައިވެރިވީ ޖިމްގެ ފަރާތުން ލިބުނު ފުރުސަތަކުން ކަމަށެވެ.

" އަސްލު އެއްވެސް ވަރަކަށް ހިއެއް ނުކުރަން މި ފަދަ މުބާރާތެއްގައި ބައިވެރި ވާނެ ކަމަކަށް. އަސްލު ބޭނުން ވެގެންއެއްވެސް ނޫން ބައިވެރިވީ. އޭރު ޖިމަށް އައިސް ބޮޑީއަށް އަންނަން ފެށި ބަދަލްތައް ރިޔާ އަށް ނޯޓިސްވެގެން ބުނީމަ ދެން ބައިވެރިވީ. އަސްލު އެއްވެސް ރިގްރެޓެއް ނުކުރަން ބައިވެރި ވެވުނީތީ. މިއީ ކަންނެ އަސްލު މި ދާއިރާ އިން ކުރިއަށް ދާން ވިސްނި ހިސާބަކީ." އިލްހާމް ބުންޏެވެ.

އިލްހާމް ބުނީ، ކުރިން އެއާޕޯޓްގައި މަސައްކަތް ކުރަމުން ޖިމަށް އައި ނަމަވެސް މިހާރު އިންސްޓްރަކްޓަރެއް ގޮތުގައި މަސައްކަތްކުރާތާ މިވަނީ ދެ އަހަރާއި ހަ މަސް ކަމަށެވެ. އަދި މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ގިނަ ބަޔަކަށް ޕާސަނަލް ޓްރެއިނިންގ ނަގައިދީފައި ވާނެ ކަމަށާއި އަދި ކްލައިންޓުންގެ ތެރޭން ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެނެވުނު ފާހަގަ ކޮށްލެވޭ ބަޔަކު ތިބި ކަމަށެވެ.

އިލްހާމް ބުނީ، ކްލައިންޓުންގެ ފަރާތުން އޭނާ އެންމެ ބޭނުން ވަނީ އޮނެސްޓީ ކަމަށެވެ.

" ޓްރެއިން ކޮށްދޭ ކްލައިންޓުން ވަކި ހިސާބަކުން ހުއްޓާލާ އަނެއްކަ ކުރީ ހުރިވަރަށް އެބަ ފަލަވޭ. ދެން ޑައެޓަށް ވެސް ބައެއް ކްލައިންޓުން ފަރުވާ ކުޑަކުރޭ. އަސްލު ކްލައިންޓުންގެ ފަރާތުން އެންމެ ބޭނުންވަނީ އޮނެސްޓީ. މިހާރު ބުނަން ކާ ކޮންމެ އެއްޗެއްގެ ފޮޓޯ ފޮނުވަން." އިލްހާމް ބުނެޏެވެ.

https://www.instagram.com/p/CBsYqlmpQgf/?igshid=1nmx88na4xfqb

އިލްހާމް އިތުރަށް ބުނީ، އޭނާ ކުރިން ބޮޑު ހަށިގަނޑެއް ބޭނުންވި ނަމަވެސް މިހާރު ބޭނުންވަނީ މިހާރު ހުރި ވަރަށް ހަށިގަނޑު ބަހައްޓައިގެން ސްޓްރީޓް ފިޓްނެސް ދާއިރާއިން ކިޔަވަން ކަމަށެވެ.

"ކުރިން ބޭނުންވި ބޮޑު ހަށިގަނޑެއް. އެކަމް މިހާރު ބޭނުންވަނީ މިހުރިވަރަށް ހުންނަން. އިތުރަށް ގެއިން ކޮށްފި ނަމަ ޖަމްފޮކޮށް ހަށިގަނޑު އުފުއްލަން އުނދަގޫވާނެ. މިހާރު އެންމެ ބޭނުންވަނީ މިދާއިރާއިން ކިޔަވަން." އިންޓަވިއުގައި އިލްހާމް ބުނެޏެވެ.

އޭނާ ވަނީ ފިޓްނެސްގެ ދާއިރާއިން ޝުކުރު އަދާކުރަން ބޭނުންވާ ފަރާތެއް ފާހަގަ ކޮށްފައެވެ. އެގޮތުން އަޙްމަދު ރިޔާޒް (ރިޔާ)ގެ އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އިލްހާމް ބުނީ، ކަސްރަތަށް މީހާ ޝައުގުވެރިވެ ކުރިއަށް ދާން ބޭނުންވާ ދާއިރާގެ ގޮތުގައި ޚިޔާރުކުރުމުން ބައެއް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ. އެގޮތުން ފެށި އިރު އާއިލާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް މިހާރު އާއިލާގެ ފަރާތުން ލިބޭ އެއްބާރުލުންވެސް އިލްހާމް ވަނީ މި ފުރުސަތުގައި ފާހަގަކޮށްފައެވެ.

އޭނާ ދަނީ ސްޓްރީޓް ކަސްރަތުތައް ދަސްކޮށްދެމުންނެވެ. އަދި މި ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް އުފުރުސަތު އޮތްކަންވެސް އިލްހާމް ވަނީ ފާހަގަކޮށްފައެވެ.

ކުރިއަށް ދާން ބޭނުންވާ ހިސާބާއިމެދު ސުވާލްކޮށްލުމުން އިލްހާމް ބުނީ، އޭނާ އަދި ފެންނާނީ ރާއްޖޭގެ މުބާރާތްތަކުގައި ބައިވެރިވާ ތަންކަމަށާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ފެނުން އަދި މާ އަވަސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް