ގަވައިދާ ހިލާފަށް އުޅޭ 3،500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 3،500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ފުރުވާލައިފި އެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސ...

04 Jul 2020 | 10:43

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 3،500 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ފުރުވާލައިފި އެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން 5،000 މީހުން ދެތިން މަސްދުވަހުގެ ތެރޭގައ ފުރުވާލާށެވެ. އެގޮތުން މިހާތަނަށް 3،700 އެއްހާ މީހުން ފުރުވާލައިފި އެވެ.

އޭގެ ތެރެއިން މިއަދު ވަނީ 200 ބަންގްލަދޭޝް މީހަކު ފުރުވާލާފައި އެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހުން ފުރުވާލާފައިވެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން މިހާތަނަށް ފުރުވާލާފައިވާ އެންމެންނަކީވެސް އެ ގައުމުގެ މީހުންނެވެ. އެ މީހުން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވަމުން ދަނީ އެ ގައުމުގެ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އެ މީހުން އަނބުރާ ގައުމަށް ފޮނުވަނީ މޯލްޑިވިއަންގެ ފްލައިޓުތަކުގެ އިތުރުން ބަންލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓާއި، އެ ގައުމުގެ ގައުމީ އެއާލައިން ބިމާން އެއާގައި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 99 ޕަސެންޓު މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ތޮއްޖެހިގެން މާލޭގައި ދިރިއުޅެމުންދިޔަ ބިދޭސީން ޖާގަ ބޮޑެތި ތަންތަނަށް ބަދަލު ކުރަން ފަށާފައި އެވެ.

އަދި އޭގެ ތެރެއިން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ދަނ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް