ފެނަކައިންވެސް ޖޫމް މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު ކަނޑާލަނީ

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު ސަބްސިޑީގެ ގޮތުގައި ކަނޑައި ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. ފެނަކައިން މިއަދު ކުރި ޓްވ...

04 Jul 2020 | 10:29

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށެއްގައި ޖޫން މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު ސަބްސިޑީގެ ގޮތުގައި ކަނޑައި ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފެނަކައިން މިއަދު ކުރި ޓްވީޓެއް ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ސަބްސިޑީއެއް ދޭން ސަރުކާރުން ނިންމައިފައިވާ ކަމަށެވެ.

ފެނަކައިގެ އިތުރުން ސްޓެލްކޯއިން ވަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ކަރަންޓު ބިލުތަކުން 40 ޕާސެންޓު ޑިސްކައުންޓު ދޭން ނިންމާފައި އެވެ. މިގޮތަށް ނިންމީ މިދިޔަ މަހުގެ ކަރަންޓު ބިލުތައް މާލޭގައި އާދަޔާ ހިލާފަށް ބޮޑު ކަމަށް ބުނެ އާންމުން ޝަކުވާ ކުރަން ފަށާފައިވަނިކޮށެވެ.

ބިލްތަކަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކުމުގެ އިންތިޒާމެއް ވެސް ވަނީ ހަމަޖައްސައި ދީފަ އެވެ.

https://twitter.com/TeamFenaka/status/1279326698605907968

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ މާޗް، އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓު ޑިސްކައުންޓު ދީފައި އެވެ. އެކަމަކު ކަރަންޓު ބިލަށް އަރާފައިވަނީ އާންމުކޮށްވެސް ބިލަށް އަރާ ވަރުކަމަށް އާންމުން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް