ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

ބ. އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑުފިނޮޅުން ހައްޔަރު ކުރި19 ބިދޭސީންގެ ބަންދަށް15 ދުވަސް ޖަހައިފި އެވެ. އެމީހުން ހައްޔަރު ކުރީ މުސާރަ ނުލިބޭތީ13 ދިވެއްސަކު ރަހީނު ކުރި މައްސަލައިގަ އެވެ. އެމީހުން ވ...

04 Jul 2020 | 09:43

ބ. އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑުފިނޮޅުން ހައްޔަރު ކުރި19 ބިދޭސީންގެ ބަންދަށް15 ދުވަސް ޖަހައިފި އެވެ.

އެމީހުން ހައްޔަރު ކުރީ މުސާރަ ނުލިބޭތީ13 ދިވެއްސަކު ރަހީނު ކުރި މައްސަލައިގަ އެވެ. އެމީހުން ވަނީ އެ މައްސަލައިގަ އެ ރަށުގައި ހުރި އަގުބޮޑެތި ހުރިހާ މުދަލަކަށް ގެއްލުންދީ އޮފީހުގެ ލިޔެކިޔުންތައް ހަލާކުކޮށްފައި އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރުމަށްފަހު ބަންދާއި މެދު ގޮތެއް ނިންމުމަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ބޮޑުފިނޮޅުގައި ދިވެހިންތަކެއް ރަހީނު ކުރީ ބަންގްލަދޭޝް ބައެކެވެ. އެމީހުންނަކީ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ގެންގުޅޭ ބިދޭސީންތަކެކެވެ. އެމީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވެފައިވާ ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް