ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލިވެ އިން މައްސަލައިގަ ތަހުގީގު ނިމެންދެން މީހަކު ހައްޔަރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައިގަ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ. މި މައްސަލައިގަ ...

04 Jul 2020 | 07:54

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ރޭޕްކޮށް ބަލިވެ އިން މައްސަލައިގަ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ފ. ފީއަލީ ފީރޯޒުގޭ އުމުރުން 37 އަހަރުގެ އިބްރާހިމް ޝާފިއު އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ޝާފިއު ހައްޔަރު ކުރީ މިމަހުގެ ދެ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ބުނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައިި ބެހެއްޓުމަށް އަމުރުކުރީ މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ ކަަމަށެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމަށް ފުލުހުން ބުނެ އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ޅިޔަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް