ޖޯޑަން މެކް، ޕައެޒޭ އަދި ޖަނެޓް ފަދަ ބްރޭންޑްތަކުގެ ކޮސްމެޓިކްސްއާއި ނުލާ ރީތިވެ ނަލަ ހެދުމަކީ މިހާރު ވަރަށް އުނދަގޫކަމެކެވެ. އަދި ކޮލެޓީ ބްރޭންޑުތަކުގެ ކޮސްމެޓިކްސް އެއްތަނަކުން ހޯދުމަކީވެސް އެހާމަ އުނދަގޫ ކަމަކެވެ. ހުރިހާ ބާވަތެއްގެ ކޮސްމެޓިކްސްއަށް ހާއްސަ "އެވިޑެންސް" ފިހާރައަކީ މިކަންތައްތަކުގެ ހައްލެވެ. ވިޔަފާރި ކުރާ ފަރާތްތަކަށް އެއްތަނަކުން މަޝްހޫރު ބްރޭންޑްތަކަގެ ކޮސްމެޓިކްސް ރަނގަޅު އަގުތަކުގައި މި ފިހާރައިންލިބެން ހުންނާނެއެވެ.
ދެ ފަންގިލާ ހިމެނޭ މި ފިހާރައިގެ ތިރީ ފަންގިފިލާ ހާއްސަކުރެވިފައިވަނީ މޭކަޕްގެ ސާމާނަށާއި ސެންޓާއި ފްރެގްނެންސްގެ އެކި ބާވަތްތަކަށެވެ. އަދި ފިހާރައިގެ މަތީ ފަންގިފިލާ ހާއްސަކުރެވިފައިވަނީ ތަފާތު އެކި އެކި ކޮސްމެޓިކްސްއަށެވެ. ސްކިން ކެއަރ އަށް ބަލާލާއިރު "ޕީއޯ ކެއަރ"ގެ ގިނަ ޕްރޮޑަކްޓްތަކެއް އަދި ހެއަރ ކެއަރ އަށް ބަލާލާއިރު "އެގީވާ" ބްރޭންޑްގެ ޕްރޮޑަކްޓްލައިންގެ ޕްރޮޑަކްޓްތައްވެސް އެވިޑެންސް އިން ލިބެން ހުންނާނެއެވެ. ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް، ޕާފިއުމް އަދި ޕާފިއުމް އޮއިލް މި ފިހާރައިން ލިބެން ހުންނާނެއެވެ. ލޯ ބަޖެޓް، މީޑިއަމް ބަޖެޓް އަދި ހައި އެންޑް ބްރޭންޑެޑް ޕާފިއުމްވެސް ލިބެން ހުންނާނެ ކަމަށް މި ފިހާރައިން ބުނެއެވެ. އަދި އަންހެން ކަނބަލުންނަށް ހާއްސަ ކަލަރ ކޮސްމެޓިކްސްވެސް ވަރަށް ފުޅާ ރޭންޖެއްގައި މި ފިހާރައިން ލިބެން ހުންނާނެ ކަމަށް މި ފިހާރައިން ބުނެއެވެ.
އެވިޑެސްއަކީ ހުރިހާ އުމުރަކަށް ހާއްސަ ކޮސްމެޓިކްސް ފިހާރައެކެވެ. މި ފިހާރައިން ތުއްތުކުދިންގެ ކޮސްމެޓިކްސް އާއި ތުރުކީގެ އެންމެ މަގްބޫލު ދެ ބްރޭންޑް ކަމުގައިވާ ސްލީޕީ އަދި ޕެޑްލާސް ނެޕީގެ އިތުރުން ގިފްޓް ޕެކްސް އަދި ގޭތެރެ ސާފުކޮށް، ގޭތެރޭގެ ވަސް ތާޒާކޮށްލަން "ސިރް" ޕްރޮޑަކްޓްލައިންގެ، ކަނބަލުންނަށް ކަމުދާނެފަދަ އުފެއްދުންތައްވެސް މި ފިހާރައިން ލިބެން ހުންނާނެ ކަމަށް އެވިޑެންސްއިން ބުނެއެވެ.
އެވިޑެންސްއިން ވަނީ ޕައިޒޭ ކޮސްމެޓިކްސްގެ ހާއްސަ ރޭންޖެއްވެސް ތައާރަފް ކޮށްފައެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޕައިޒޭ ކޮސްމެޓިކްސްއަކީ ހަމުގެ މައްސަލަތައް ހުންން ފަރާތްތަކަށް ވަރަށް ކަމުދާ ޕްރޮޑަކްޓެކެވެ. އަދި ހަންގަނޑު ހިކުމުން ދުރުކޮށް ހަންގަނޑު ތާޒާކުރުމަށް ހާއްސަ މި ޕްރޮޑަކްޓަކީ ތަފާތު ލުކެއް ބޭނުންވާ ފަރާތްތަކަށް ވަރަށް ކަމުދާނެ ޕްރޮޑަކްޓަކަށް ވާނެ ކަމުގައިވެސް އެވިޑަންސް ފިހާރައިން ހާމަކުރެއެވެ.
މަޖީދީމަގުގެ ރިލެކްސް ބޭބީ ޝޮޕް ކުރިމަތީ އަލަށް ހުޅުވި މި ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 9:00 ރޭގަނޑު 22:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް